ޗާގޯސް މައްސަލާގައި އެޓާނީ ޖެނެރަލްގެ އޮފީހުން މަސައްކަތް ކުރީ ދައުލަތުގެ މަސްލަހަތުގައި ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު އެހެން ވިދާޅުވީ, ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮތް ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލަ ހޫނުވެފައި ވަނިކޮށް, އެފަދަ މައްސަލަތަކުގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަދި އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ބައެއް ނިންމުންތައް ފާހަގަކޮށް އެޓާނީ ޖެނެރަލްގެ އޮފީހުން ކުރި ޓުވީޓަށް ފޮނުއްވި މެސެޖެއްގައެވެ.
އެ މެސެޖުގެ ތަފުސީލު ދެއްވަމުން މުއިއްޒު މިއަދު "ވަން" އަށް ވިދާޅުވީ, އިމުގެ މައްސަލާގައި އިޓްލޮސްއަށް ހުށަހަޅާފައިވާ ލިޔުންތަކަށާއި ވަކީލުންގެ ރަނގަޅު ޓީމަކާއެކު މަސައްކަތްކޮށްފައި ވަނީ ދައުލަތުގެ މަސްލަހަތުގައި ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ.
އޭޖީ އޮފީހުން ބުނާ ގޮތުން, ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮތް ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލަ ދެގައުމުން ބައިވެރިވެފައިވާ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޮސް)ގެ އުސޫލުތަކާ އެއްގޮތަށް ކަނޑައެޅުމަކީ ރާއްޖޭގެ ބައުންޑަރީ ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ކަނޑައެޅިގެން ދިއުމެވެ.
އަދި އަންކްލޮސްއަކީ ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާއެއް ކަމަށްވާއިރު, ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެ މުއާހަދާއާ އެއްގޮތަށް ރާއްޖެއިން އަމަލުކުރަންޖެހޭނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު