ލައިފް ސްޓައިލް

ބޭކިން ސޮޑާ، ހަންގަގަނޑުގެ ރީތިކަމަށްވެސް ބޭނުންކުރެވޭނެ

މަރިޔަމް ޝަފާ އިބްރާހިމް

ބޭކިން ސޮޑާއަކީ ގިނަ ބޭނުންތަކެއް ހިފޭ ބާވަތެއްކަމަށް ދިރާސާތަކުން ދައްކައެވެ. ހޯދުންތައް ބުނާ ގޮތުގައި ބޭކިންސޮޑާގައި ފައިދާ ކުރުވަނިވި ވަރަށް ގިނަ ބައިތައް ހިމެނިފައިވެއެވެ.

ބޭކިން ސޮޑާއަކީ ގިނަ ބަޔަކު ބަދިގޭގައި ބޭނުންކުރާ އެއްޗެއް ނަމަވެސް، އެއީ އެއަށްވުރެ މާ ގިނަ ކަންތައްތަކެއް ކުރެވޭ އެއްޗެކެވެ. ހަމުގެ ފެންވަރު ރަނގަޅުކޮށް، ސިއްހަތު ރަނގަޅުކުރުމަށް ވަރުގަދަ އެންޓިބަޔޮޓިކް، އެންޓި-އިންފްލެމެޓަރީ، އަދި އެންޓިއޮކްސިޑެންޓް ޕްރޮޕަޓީސް އެކުލެވިގެންވާ އެއްޗެކެވެ.

ބޭކިން ސޮޑާއިން ހަމުގެ ކުރަކިކަން ފިލުވައިދިނުމަށް އެހީތެރިވެދީ ހަންގަނޑަށް އަންނަ އުމުރުން ދުވަސްވީ ސިފަ ގެނައުން ލަސްކުރުމަށްވެސް އެހީތެރިވެއެވެ. ފްރީރެޑިކަލްސްއިން ސަލާމަތްވުމާއި އުމުރުން ދުވަސްވާ ވަރަކަށް ހަމަށް އަންނަ ކުދި ރޫތައް ދެމޭގޮތަށް ހަންގަނޑުގެ ދޫކަން ފިލުވައި، ހަންގަނޑުވާންކޮށް ބާރުކޮށްދޭން އެހީތެރިވެއެވެ.

ބޭކިން ސޮޑާއިން ހަށިގަނޑުގައި ހުންނަ އެސިޑްތައް ނިއުޓްރަލައިޒްކޮށްދެއެވެ.

ޔޫޓީއައިއަށް ވެސް މިއީ ވަރަށް ފައިދާ ކުރުވަނިވި ބާވަތެކެވެ. ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކަށް އެންމެ ރަނގަޅު އެއްފަރުވާއަކީ ބޭކިންސޮޑާކަމަށް ހޯދުންތަކުންނާއި ބައެއް ކަހަލަ ދިރާސާތަކުން ދައްކައެވެ.

ދަތްއުނގުޅާ އެއްޗެއްގެ ގޮތުގައި ބޭކިން ސޮޑާ ބޭނުންކުރުމަކީ އަނގައިގައި ހުންނަ ހުރިހާ ބެކްޓީރިޔާ ނައްތާލުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދަތްތައް ހުދުކުރުމަށް ވެސް އެހީތެރިވެދޭނެއެވެ.

އެހެންނަމަވެސް ބޭކިންސޮޑާ ބޭނުންކުރުމަށް ވެސް ވަކިމިންތަކަކާއި ގޮތްތަކެއް ވެއެވެ. މިފަހަރު މިހިމަނާލަނީ ބޭކިންސޮޑާ ބޭނުންކޮށްގެން މޫނު ސާފުކޮށް ހަންގަނޑު އޮމާންކޮށް، ހަމުގެ ކުރަކިކަމާއި ދޫވެފައި ހުރުން ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ޕޭސްޓެކެވެ.

1/2 ބިއްލޫރިތަށީގެ ލުނބޯ ޖޫސް

1/2 ބިއްލޫރިތަށީގެ ފެން

އެޕަލް ސައިޑާ ވިނެގަރ

މާމުއި

ބޭކިންސޮޑާ

ޕޭސްޓަކަށްވަންދެން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މޫނުގައި އުނގުޅާށެވެ. އެއްރޭ ވަންދެން ބަހައްޓާށެވެ. ޖެހިގެން އަންނަ ދުވަހުގެ ހެނދުނު ފިނިފެނުން މޫނުދޮވެލާށެވެ. މަދުވެގެން 1 މަސް ދުވަހު ކޮންމެ ރެއަކުވެސް މި ގޮތަށް ތަކުރާރު ކުރާށެވެ.