ހަތަރު ކަސްޓަމަރަކަށް ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕް 2022 ގެ ސެމީ ފައިނަލް މެޗެއް ބަލައިލުމުގެ ފުރުސަތު ލިބޭ އުރީދޫ މޯލްޑިވްސްގެ ހާއްސަ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހަމަވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

"އުރީދޫ ވޯލްޑްކަޕް ފޯރި" ޕްރޮމޯޝަނުގެ ދަށުން މިދިޔަ އޮގަސްޓު މަހު ފެށި މި ލަކީޑްރޯގައި އެކުންފުނީގެ ހިދުމަތްތައް މިހާރު ގެންގުޅޭ އަދި އެ ނެޓްވޯކާއި އަލަށް ގުޅޭ ހުރިހާ ސްޓަމަރުންނަށް ވެސް ބައިވެރިވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. މި ލަކީޑްރޯގެ ނަސީބުވެރި ފަރާތްތައް ހޮވާނީ އަންނަ ނޮވެމްބަރު 10 ވަނަ ދުވަހުއެވެ.

ގަތަރަށް ކުރާ ދަތުރުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން އަންނަނީ ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ކޮންމެ ހަފުތާއަކު 10 ނަސީބުވެރިއަކަށް ސެމްސަންގް ގެލެކްސީ ބަޑްސް، އެއާޕޮޑްސް، އެއާޓެގްސް ފަދަ އަގުހުރި އިނާމުތައް ދެމުންނެވެ.

ވޯލްޑް ކަޕް ފޯރީގެ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ސުޕަ ނެޓް އަދި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނާއި ޕްރީ ޕެއިޑް ރީޗާޖް ކުރާ ކަސްޓަމަރުން، އުރީދޫ ބިލް ޕޭމަންޓް، އާ ޕްލޭނަކަށް އަޕްގްރޭޑް ކުރާ ކަސްޓަމަރުން ނުވަތަ ސަބްސްކްރައިބް ކުރާ ކަސްޓަމަރުންގެ އިތުރުން މޫލީ މެދުވެރިކޮށް ވިޔަފާރި ކުރުން ނުވަތަ ޕްރޮމޯޝަނަލް ޕީރިއަޑްގައި އެމް-ފައިސާގެ ހިދުމަތް ބޭނުންކުރުން ފަދަ ހުރިހާ ހިދުމަތެއް ބޭނުންކުރާ ކަސްޓަމަރުންނަށް އޮންނާނެ ކަމަށް އުރީދޫން ބުންޏެވެ.

https://www.youtube.com/watch?v=f01MRJ31XqM