ޚަބަރު

"ފަޔާ އެންޑް އެޑިޝަނަލް ޕެރިލްސް އިންޝުއަރަންސް" ހާއްސަވަނީ އިމާރާތާއި މުދާ ނުރައްކަލުން ސަލާމަތް ކުރަން

މާލޭގައި އިމާރާތްކުރުމުގެ ސިނާއަތު ކުރިއަރާ، އޭގެ ތެރެއިން އެތައް އިމާރާތެއްގައި އޮފީސްތަކާއި ފިހާރައާއި ގުދަން ހިންގަމުން ދެއެވެ. މީހުން ދިރިއުޅެމުންވެސް ދެއެވެ. އެންމެ އިމާރާތެއްވެސް އެތައް ބައެއްގެ މަސްލަހަތާ ގުޅެއެވެ. ދިމާވާ ކުޑަ ކަމަކުންވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުން އެކަށީގެންވެއެވެ

އަލިފާނުގެ ހާދިސާއެއް ނުވަތަ އެހެންވެސް ނުރައްކަލެއްގެ ސަބަބުން ޕްރޮޕަޓީއަކަށް ލިބިދާނެ ގެއްލުމަކުން އިންޝުއާވުމަށް އެލައިޑް އިންޝުއަރަންސްގެ "ފަޔާ އެންޑް އެޑިޝަނަލް ޕެރިލްސް" އިންޝުއަރަންސް ނަގައިފި ނަމަ، ޔަގީނުންވެސް ފައިދާ ބޮޑުވާނެއެވެ.

"ފަޔާ އެންޑް އެޑިޝަނަލް ޕެރިލްސް" އިންޝުއަރަންސަކީ އަލިފާނުގެ ހާދިސާތަކުގެ އިތުރުން، ވަކިވަކި ބައެއް ނުރައްކާތަކުން ކޮމާޝަލް އެކްޓިވިޓީއެއް ހިންގާ އިމާރާތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ. އަދި ފިހާރައާއި އޮފީސް ފަދަ ތަންތަން ހިންގާ އިމާރާތެއްގައި މީހުން ދިރިއުޅޭ ޔުނިޓުތައް ހުރިނަމަވެސް މި ޕްލޭނުގެ ދަށުން އެތަންތަން ކަވަރުކޮށްދޭނެއެވެ.

މިސާލަކަށް އަލިފާނުގެ ހާދިސާތަކުގެ އިތުރުން އެއްޗެއް ގޮވުން، ގަސްތުގައި ބަޔަކު ގެއްލުން ދިނުން، ފެންބޮޑުވުން، ފެންހޮޅި ފަޅައިގެން ގޮސް ގެއްލުންވުން ނުވަތަ ގުދުރަތީ ގޮތުން ހިނގާ ހާދިސާތަކާ ގުޅިގެން ލިބޭ ގެއްލުންތަކަށް ބަދަލު ހޯދުމަށް ކްލެއިމް ކުރެވޭނެއެވެ.

މީގެ އިތުރުން އިމާރާތުގެ ތެރެއަށް ގަދަކަމުން މީހަކު ނުވަތަ ބަޔަކު ވަދެ ވައްކަން ކޮށްފިނަމަ އެކަމުގެ ތެރޭގައި އިމާރާތަށް ލިބިފައިވާ ގެއްލުންތަކާއި ވަގަށް ގެންދިޔަ އެއްޗެއްސަށް ކަވަރޭޖު ލިބޭ އެކްސްޓެންޝަނެއްވެސް ޕްލޭނަށް އިތުރުކުރެވިދާނެއެވެ.

މި ޕްލޭނުން ރައްކާތެރިކަން ލިބެނީ އިމާރާތުގެ އިތުރުން އެތެރޭގައި ހުރި މުދަލަށެވެ. އޭގެ ތެރޭގައި އިމާރާތުގައިވާ ތަފާތު ޕާމަނަންޓް ފިކްސްޗާތަކާއި ފިޓިންގްސް، ފަރުނީޗަރު، ވިޔަފާރި މުދާ އަދި މެޝިނަރީ ހިމެނެއެވެ. މީގެ އިތުރުން އިމާރާތަކީ ކުއްޔަށް ދީގެން އާމްދަނީ ހޯދަމުން ގެންދާ އިމާރާތެއް ނަމަ، ގެއްލުމާ ގުޅިގެން ގެއްލޭ ނުވަތަ ހުއްޓޭ ކުލީގެ އާމްދަނީވެސް މި ޕްލޭނުން ކަވަރުކޮށްދޭނެއެވެ. އަދި އިމާރާތުގެ އާކިޓެކްޓް އަދި ސާވޭ ފީތައްވެސް ކަވަރުކޮށްދޭނެއެވެ.

މިއީ ވަރަށް ފުޅާ އަދި ފައިދާ ބޮޑު ޕްލޭނެއް ކަމުން، ދިމާވެދާނެ ނުރައްކާތެރި ހާލަތެއް ނުވަތަ ހާދިސާއަކުން ތިޔަބޭފުޅުންގެ އިމާރާތްތަކަށާއި އޭގައިވާ މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުން މުހިންމެވެ.

އިމާރާތަށް ފަޔަރ އެންޑް އެޑިޝަނަލް ޕެރިލްސް އިންޝުއަރަންސް ޕޮލިސީއެއް ހޯދުމަށްޓަކައި އެލައިޑް އިންޝުއަރަންސްގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނަ ޕްރޮޕޯޒަލް ފޯމް ފުރުމަށް ފަހު ހުށަހަޅުއްވާށެވެ.

މި ޕްލޭން ނެންގެވި ނަމަވެސް، ހާދިސާއަކުން ލިބިދާނެ ގެއްލުމެއް ވީހާވެސް ކުޑަކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަކީ ވެރިފަރާތުގެ ޒިންމާއެއްކަން ހަނދާން ބަހައްޓަން ވާނެއެވެ. އަދި ހަމަ އެހެންމެ ހާދިސާއެއް ކުރިމަތިވާ ހިނދު، ވީ އެންމެ އަވަހަށް، ކަމާބެހޭ ފަރާތްތަކަށާއި އެލައިޑަށް އެކަން ރިޕޯޓް ކުރުމަކީ ސަމާލުކަންދިނުން ވަރަށް މުހިންމު ކަމެކެވެ.