ޅ. ކުރެންދޫގައި އިމާރާތްކުރާ އާ މިސްކިތުގެ އަމަލީ މަސައްކަތް ފަަށައިފިއެވެ.
މި މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އެ ރަސްމިއްޔާތުގައި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް އަނީ އަބްދުލް ހަކީމާއި ކުރެންދޫ ކައުންސިލުގެ ރައީސް އިސްމާއީލް މަދީހު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ މަސައްކަތް މިމްސް ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ މިއަހަރުގެ މެއި 11 ވަނަ ދުވަހުއެވެ. ޖުމުލަ 14.2 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އެއްބަސްވުމުގައިވާ ގޮތުން އެއް އަހަރު ދުވަސްތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ.
ކުރެންދޫ މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް އިމާރާތްކުރާ ޖުމުލަ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު