ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރުއްވައިފިއެވެ.
ނަސީމަށް މުލީ ޝަރަފުގެ އަރުވާފައިވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރު ގޭގައި މިރޭ ބޭއްވި ޖަލްސާގައެވެ.
ނިޝާން މުލީގޭ ޝަރަފު އިއްޒަތް ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ.
ރައީސް ސޯލިހު މުލީގެ ޝަރަފު އިއްޒަތް ނަސީމަށް އަރުއްވާފައިވަނީ، ނަސީމު ރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެއް ބާނީ ކަމަށްވާތީ އެކަމުގެ އަގުވަން ކުރެއްވުމުގެ ގޮތުންނެވެ. ނަސީމް ވަނީ ދިވެހި ދައުލަތަށް 37 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ.
ނަސީމް ވަނީ 2011 ވަނަ އަހަރު މާރިޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ފޮރިން މިނިސްޓަރުގެ މަގާމު ވެސް ފުރުއްވައިފައެވެ. އޭގެ ކުރިން ނަސީމް ވަނީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމު ވެސް ފުރުއްވައިފައެވެ. އަދި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމު ވެސް ނަސީމް ފުރުއްވިއެވެ.
ނަސީމްއަށް މުލީގެ ޝަރަފުގެ އިއްޒަތް އަރުވައިދެއްވުމަށްފަހު ރައީސް ސޯލިހު ވިދާޅުވީ ނަސީމަކީ، އޭނާއާ ހަވާލުކުރާ ކޮންމެ މަސްއޫލިއްޔަތެއް ޒިންމާދާރުކަމާ އެކު އެކަމެއް ކުރައްވަން ޖެހިވަޑައިގަންނަވާ ގޮތަށް ކުރައްވާ ބޭފުޅެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު