އިންޓަޕޯލްގެ ހެޑްކުއާޓާސްގައި މަސައްކަތްކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކަށް ލިބިއްޖެއެވެ.
އެކަން ހާމަކުރައްވައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޯލްގެ ހެޑްކުއާޓާސްގައި ދިވެހި ޗީފް އިންސްޕެކްޓަރަކު ތިން އަހަރު ވަންދެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މިއަހަރުގެ ނިމެންވާއިރަށް އިންޓަޕޯލްގެ ސްޕެޝަލް ކްރައިމް ޔުނިޓެއްގައި މަސައްކަތް ކުރުމަށް އޮފިސަރު ފޮނުވާނެ،" ހަމީދު ވިދާޅުވިއެވެ
އިންޓަޕޯލްގައި ދިވެހި ފުލުހަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ބައިނަލްއަގުވާމީ ފެންވަރުގައި ކުށް މަދުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ބައިވެރިވުން އޮތްކަން އެނގިގެންދާ ކަމަށް ހަމީދު ވިދާޅުވިއެވެ.
ހަމީދު އިތުރަށް ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖޭގައި ކުށްވެރިން މަދުކުރުމަށް ކުރާ މަސައްކަތް ހަރުދަނާ ވެގެންދާނެ ކަމަށާއި އަދި ދިވެހި ފުލުހުންގެ ހިދުމަތްވެސް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު