މަކިޓާ ޕަވަޓޫލް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ކުރިއަށްގެންދާ އެސްޓީއޯގެ "މަކިޓާ ހެއްޔާ" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ "މަކިޓާ ހެއްޔާ 2022" ފެށުމުގެ ގޮތުން އެސްޓީއޯ މަކިޓާ ޝޯރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ހަމައެކަނި ދިވެހިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމަށް މިމަހުގެ 23 ވަނަ ދުވަހުގެ 22:00ގެ ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ. މި މުބާރާތަކީ ވާދަވެރި މާހައުލެއްގައި މަސައްކަތްތައް އެއްފުރާޅެއްގެ ދަށުން ދައްކާލުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުމަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
ރަޖިސްޓޮރޭޝަން ފޯމު އެސްޓީއޯ މަކިޓާ ޝޯރޫމާއި އެސްޓީއޯ ވެބްސައިޓު sto.mv އިން ޑައުންލޯޑްކުރެވޭނެއެވެ. ރަޖިސްޓްރޭޝަން ފޯމު އެސްޓީއޯ މަކިޓާ ޝޯރޫމުގެ ކައުންޓަރަށް ހުށަހެޅޭއިރު 7980240 ނަންބަރަށް ވައިބާކޮށްގެންނާއި [email protected] އަށް އީމެއިލްކޮށްގެންވެސް ހުށަހެޅޭނެއެވެ.
މި މުބާރާތުގެ ބައިވެރީންނަށް ތަކެތި ފަރުމާ ކުރުމަށާއި ހުށަހެޅުމަށް މިމަހުގެ 25 ވަނަ ދުވަހުން އަންނަ މަހުގެ 25 ވަނަ ދުވަހުގެ 16:00 އަށް ފުރުސަތު އޮންނާނެއެވެ.
- މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހީނަށް
- މުބާރާތުގައި ބައިވެރިކުރާތަކެތި ފަރުމާކުރަން ޖެހޭނީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން
- މުބާރާތުގައި މަކިޓާ ޓޫލްސް ބޭނުންކުރަން ވާނެ
- މުބާރާތުގައި ބައިވެރި ކުރާ އައިޓަމް ފަރުމާކުރަން ވާނީ އެންމެ ކުޑަވެގެން 2 ފޫޓު 4 ފޫޓު އަދި އެންމެ ބޮޑުވެގެން 4 ފޫޓް 5 ފޫޓަށް
- ބައިވެރި ކުރާ ތަކެއްޗަކީ ބުދު ފަދަ އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ހުރުމަތް ކެނޑޭފަދަ ތަކެއްޗަށް ވެގެން ނުވާނެ
- މުބާރާތުގައި ފަރުމާކުރާ ކޮންމެ އައިޓަމެއް ތައްޔާރު ކުރާ އެއްމިނެޓްގެ ވީޑިއޯއެއް ހުށަހަޅަންވާނެ. (މި ވީޑިއޯގައި މަކިޓާ ޕަވާޓޫލްސް ބޭނުންކުރާތަން ފެނިގެންދާން ޖެހޭނެ)
- މި މުބާރާތުގެ ބައިވެރިން ހުށަހަޅާ ވީޑިއޯ 1080 ޕީ ކޮލިޓީގެ (އެޗްޑީ)އަށް ވުރެ ދަށްވެގެންނުވާނެ
އެސްޓީއޯއިން ބުނި ގޮތުގައި ތައްޔާރު ކުރާ ތަކެތީގެ ވީޑިއޯ އެސްޓީއޯގެ ފޭސްބުކަށް އަޕްލޯޑް ކުރާނީ އެކުންފުނިންނެވެ. ކޮންމެ ބައިވެރިޔަކަށްވެސް އެއް އައިޓަމް ހުށަހެޅޭއިރު، މުބާރާތުގެ ވަނަ ހޮވަން ހަމަޖައްސާފައިވަނީ ޖަޖުންގެ %70 އާއި އާއްމުންގެ %20 އާއި ހުށައަޅާ ވީޑިއޯއަށް %10 ދޭ ގޮތަށެވެ.
- އެއްވަނަ އިނާމު: 50،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރ
- ދެވަނަ އިނާމު: 30،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު
- ތިންވަނަ އިނާމު: 15،000ރ ގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރު.
އެސްޓީއޯއިން ބުނި ގޮތުގައި މުބާރާތުގައި ބޭނުންކުރާ ވީޑީއޯތައް މަކިޓާ ބްރޭންޑް އިޝްތިހާރުކުރުމަށް ބޭނުންކުރާނެއެވެ.
މުބާރާތުގައި ފަރުމާކުރެވިފައިވާ އައިޓަމަކީ އެމީހެއްގެ އަމިއްލަ މަސައްކަތުން ފަރުމާކޮށްފައިވާ އައިޓަމަކަށް ވާންޖެހޭނެ ކަމަށާއި އެހެން ފަރާތެއްގެ މަސައްކަތެއް މުބާރާތުގައި ބައިވެރި ކޮށްފައިވާކަން އެސްޓީއޯއަށް ސާބިތުވެއްޖެ ހިނދެއްގައި އެ އައިޓަމެއް މުބާރާތުން ވަކިކުރާނެ ކަމަށްވެސް ބުންޏެވެ. މި މުބާރާތުގައި އެސްޓީއޯގެ އެއްވެސް މުވައްޒަފަކަށް ބައިވެރިއެއް ނުވެވޭނެއެވެ. މުބާރާތުގެ މުއްދަތުގައި އެސްޓީއޯގެ މަޓިކާ ޝޯރޫމުން 30 ޕަސަންޓްގެ ޑިސްކައުންޓެއް ލިބޭގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު