"އުރީދޫ ނޭޝަން" ގޭމިން ޕްލެޓްފޯމް މެދުވެރިކޮށް ބާއްވާ އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕްގެ ކޮންޓެންޑާ ސީރީޒް 3 ގައި ބައިވެރިވުމުގެ ސުންގަޑި މާދަމާ ހަމަވާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.
އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ ކޮލިފައިން މެޗު ސިލްސިލާއެކެވެ.
އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕަށް ޖުމުލަ ތިން ކޮންޓެންޑާ ސީރީސްއެއް ބާއްވާ އިރު، މި ސިލްސިލާގެ ފުރަތަމަ ދެ ކޮލިފައިން މުބާރާތް މިހާރު ވަނީ ނިމިފައެވެ.
އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެފަރާތެއްގެ ޓީމުތައް ރަޖިސްޓްރީކޮށް، ކުރިއަށް އޮތް ކޮލިފައިން މުބާރާތްތަކުގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓޯނަމަންޓްގައި ވާދަކުރެވޭނެއެވެ. ބައިވެރިވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150 ރުފިޔާގެ އިތުރުން ޓީމު މެމްބަރުންގެ މައުލޫމާތާއި ޓީމު ލޯގޯ، މާދަމާގެ ކުރިން http://ore.do/contender ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ.
މިފަހަރުގެ ކޮލިފައިން ސީރީޒްގައި ޖުމުލަ 15،000 ރުފިޔާގެ އިނާމުތަކެއް ވަނީ ކަނޑައަޅައިފައެވެ.
- ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ
- ދެވަނައަށް ހޮވޭ ޓީމަށް 3،000 ރުފިޔާ
- ތިންވަނައަށް ހޮވޭ ޓީމަށް 2،000 ރުފިޔާ
އުރީދޫ މޯލްޑިވްސް ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒްގެ ފުރަތަމަ ބުރުން އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕަށް ބާއްވާ އޮފިޝަލް ކޮލިފައިން މުބާރާތަށް ހޮވުނު ޓީމުތަކަކީ އާރް ޖީސީ ޑެނޯ، ކޭއެޗް އީސްޕޯޓްސް އަދި އެލްއެންއެން ސްޕީޝީސްއެވެ. ދެވަނަ ސީރީޒް އިން ކޮލިފައިވީ އެސްޑީއެމްޒީ އީސްޕޯޓްސް، އާރްޖީސީ އޯޕެކްސް، އަދި އީ2އެސް އަކަޓްސުކި އެވެ.
މީގެން ކޮންމެ ސީރީސް އަކުންވެސް ވަނަތަކަށް ހޮވޭ ތިން ޓީމު ދެން ވާދަކުރަން ޖެހޭނީ އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް މުބާރާތްތައް ބާއްވާ އޮފިޝަލް ކޮލިފައިން ބުރުގައެވެ. އެ މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ މި އޮކްޓޯބަރު މަހުއެވެ.
އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް އޮފިޝަލް ކޮލިފައިން އިވެންޓުގައި ވާދަކޮށް އެންމެ މޮޅު ހަތް ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. އެ މުބާރާތް އޮންނާނީ މިއަހަރުގެ ނޮވެމްބަރު މަހު ކަމަށް އުރީދޫން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު