މާލޭގެ ގެއެއްގެ ތެރޭގައި ބަނގުރާ ކެއްކި މައްސަލާގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރޯޝަނީ މަގުގައި ހުރި ގެއަކުން މިއަދު ހެނދުނު ދުން އަރަމުންދާތީ މިއަދު ހެނދުނު 6:12 ގައި ރިޕޯޓް ކުރި ކަމަށާއި ނަމަވެސް ފުލުހުންނާއި ސިފައިން އެގެއަށް ގޮސް، ދޮރުގައި ތެޅުމުންވެސް ދޮރު ނުހުޅުވި ކަމަށެވެ.

އެހެންވެ ބާރުގެ ބޭނުންކޮށް އެގެއަށް ވަން ކަމަށާއި އޭރު އެތަނުގައި ބަނގުރާ ކައްކަން ބަޔަކު ތިބި ކަމަށް ފުލުހުން ބުންޏެވެ. އަދި އެގެއިން ބަނގުރާ ކައްކަން ބޭނުން ސާމާނުވެސް ފެނިފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން 34 ބިދޭސީ ފިރިހެނަކު އެގޭގެ ތެރެއިން ހައްޔަރުކޮށް ބަނގުރާ ކެއްކި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.