ޚަބަރު

މިދިޔަ މަހު 153 ކައިވެނި، 102 ވަރި

އަލީ ޔާމިން

މިދިޔަ މަހު ފެމިލީ ކޯޓުން 153 ކައިވެނި ކޮށްދީފައިވާ ކަމަށް އެ ކޯޓުން އާންމުކުރި ތަފާސްހިސާބުން ދައްކައިފިއެވެ.

ފެމެލީ ކޯޓުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނު އިރު، ފެމިލީ ކޯޓަށް ވަނީ ވަރިކޮށްދޭން އެދި 134 މައްސަލައެއް ހުށަހަޅައިފައެވެ. އޭގެ ތެރެއިން މަސް ނިމުނުއިރު، ނިމިފައިވަނީ 102 މައްސަލައެކެވެ.

ތަފާސްހިސާބު ދައްކާ ގޮތުން، ވަރިއާ ގުޅޭ އިތުރު 121 މައްސަލައެއް ނުނިމި ކޯޓުގައި އެބަ އޮތެވެ. އެއީ ކުރީ މަހުގެ ނުނިމި ހުރި މައްސަލަތަކާ އެކުއެވެ.

މިދިޔަ މަހު ގެވެށި އަނިޔާގެ ހަތް މައްސަލައަކާއި ކުޑަކުދިންނާ ގުޅޭ ހަތް މައްސަލައެއް ހުށަހަޅާފައިވާ އިރު، އޭގެ ތެރެއިން އެންމެ ގިނައީ ދަރީންގެ ހަރަދާ ގުޅޭ މައްސަލަތަކެވެ.