މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި އެސްޓީއޯއިން ހުރިހާ ޓީޗަރުންނަށް ހާއްސަ ޑިސްކައުންޓް އޮފާއެއް ތައާރަފުކޮށްފިއެވެ.
އެސްޓީއޯއިން މިއަދު ބުނީ އެކުންފުނިން ވިއްކާ ބައެއް ބާވަތްތަކުގެ މުދަލުން މުދައްރިސުންނަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި މި ޑިސްކައުންޓް ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ލިބޭނެ ކަމަށާއި އެގޮތުން ސަރުކާރު އަދި ޕްރައިވެޓް ހުރިހާ ސްކޫލުތަކެއްގެ މުދައްރިސުންނަށް ވެސް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ މި ޑިސްކައުންޓަކީ އެއް ދުވަހުގެ މުއްދަތަށް ދޭނެ ޑިސްކައުންޓެއް ނޫން ކަމަށެވެ. ނަމަވެސް މި ޑިސްކައުންޓް ދިނުމަށް ނިންމާފައިވަނީ ކިހާ މުއްދަތަކަށް ކަމެއް އެސްޓީއޯއިން ހާމައެއް ނުކުރެއެވެ.
މުދައްރިސުންނަކީ ގައުމު ބިނާކުރުމުގައި ވަރަށް މަތިވެރި ދައުރެއް އަދާކުރާ ފަރާތްތަކެއްކަން ފާހަގަކޮށް، އެސްޓީއޯއިން ބުނީ އެކުންފުނިން އަބަދުވެސް މުދައްރިސުންގެ އަގު ވަޒަންކުރުމަށް އިސްކަންދޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު