އުރީދޫގެ ކްލަބް ޕްރިމިއާ މެމްބަރުންނަށް އައިކެއާ އޮޕްޓިކަލްސްއިން ލޮލުގެ ސްކްރީނިން ހިލޭ ކުރެވޭ ޕްރޮމޯޝަނެއް އުރީދޫން ތައާރަފުކޮށްފިއެވެ.
އުރީދޫން މިއަދު ބުނީ އެ ޕްރޮމޯޝަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި އަންނަ ހަފުތާގެ އާދިއްތަ ދުވަހާ ހަމަޔަށް އެ ޕްރޮމޯޝަން ކުރިއަށްގެންދާނެ ކަމަށެވެ.
ކްލަބް ޕްރިމިއާ މެންބަރުންނަށް ތަފާތު އެކި އޮފާތަކާއި ޑިސްކައުންޓްތައް އުރީދުން އަންނަނީ ތައާރަފު ކުރަމުންނެވެ. އެގޮތުން ހާލިދްސް ބިރިޔާނީ އާއި ދަ ގާޑެން ފަދަ ރެސްޓޯރެންޓްތައް ޑިސްކައުންޓް ލިބެން ހުންނާނެއެވެ.
އުރީދޫގެ ކްލަބް ޕްރިމިއާ މެންބަރަކަށް ވެވޭނީ 1،000 ރުފިޔާއަށް ވުރެ މަތީގެ ޕޯސްޓް ޕެއިޑް ޕެކޭޖެއް ނެގުމުން ނުވަތަ އުރީދޫ ސުޕަނެޓް ޕެކޭޖުގެ 40އެމްބީއަށް ވުރެ މަތީގެ ޕެކޭޖެއް ނެގުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު