ރާއްޖެއަށް އައިސް ދިވެހި މަސްވެރިންގެ އަތުން މަސްގަތުމުގެ ފުރުސަތު ބޭރު ބޯޓުފަހަރަށް ހުޅުވާލާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ބޭރުގެ ބޯޓު ފަހަރަށް އެ ފުރުސަތު ހުޅުވައިލީ، މިދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރަށްވެފައި، މަސްވެރިންގެ އަތުން މަސް ގަތުމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
އެފުރުސަތުގެ ދަށުން ބޭރުގެ މަސް ގަންނަ ބޯޓުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، ދިވެހި މަސްވެރިން ބާނާ މަސް ގަތުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މަސްގަތުމަށް ރާއްޖޭގެ ސަރަހައްދަށް ބޭރުގެ ބޯޓުފަހަރަށް ފުރުސަތު ހުޅުވައިލި ނަމަވެސް، ދާ އަޅާ ބޯޓު ފަހަރަށް އެ ފުރުސަތު ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ސަރުކާރުގެ ސްޓްރެޓެޖިކު އެކްޝަން ޕްލޭންގައިވެސް ހިމެނޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މަސްގަންނަން ރާއްޖޭގެ ސަރަހައްދަށް ވަންނަ ބޯޓު ފަހަރަކީ، ދާ އަޅާބޯޓު ފަހަރު ނޫންކަން ވަކި ކުރާނީ ކިހިނެއްތޯ، އިދިކޮޅު ޕީއެމްސީގެ މެމްބަރު، މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދާ އެޅުމުގެ އިންތިޒާމުތައް ހުންނަ ބޯޓު ފަހަރަށް ރާއްޖެއަށް ނުވަދެވޭނެ ކަމަށެވެ.
ސައީދު ކުރެއްވި ދުވާލުގެ ޖަވާބު އިތުރަށް ތަފުސީލް ކޮށްދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، "ބޯޓު ފަހަރު ވަކި ކުރަނީ އާލާތާއި ސާމާނާ ބަލައިފަ. މަސް ގަންނަ ބޯޓު ފަހަރުގައި ދާއަޅާ ސާމާނެއް ނުހުރޭ. އަދި ދާއަޅާ ސާމާނާއި އޭގެ އާލާތަކީ ބޯޓެއް. ރާއްޖެ އެތެރެއަށް ވަނުމަސް ކްލިއަރެންސް ހޯދާއިރުގައި ހުށަހަޅަންޖެހޭ އެއްޗެއް،" ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު