ވޯލްޑް ކްލީން އަޕް ޑޭއާ ގުޅިގެން ހުޅުމާލޭ ސާފުކުރުމުގެ ބޮޑު ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، މުއައްސަސާތަކާއި މިނިސްޓްރީތަކުންނާއި ކުންފުނިތަކުން ބައިވެރިވާ އެ ހަރަކާތް ބާއްވަނީ "ދުނިޔެ މަގޭ" ކެމްޕެއިންގެ ދަށުން ކަމަށެވެ.
އެޗްޑީސީން ބުނީ މި ހަރަކާތަކީ މާލެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ސާފުކުރުމުގެ ހަރަކާތަށް ވާނެ ކަމަށެވެ. އެހެންކަމުން އެ ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ވަނީ އެދިފައެވެ.
މި ކެމްޕެއިނަކީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ތައާރަފުކުރި ކެމްޕެއިނެކެވެ.
ވޯލްޑް ކްލީން އަޕް ޑޭއާ ގުޅިގެން ކ. ހިންމަފުށީގައިވެސް ސާފުކުރުމުގެ ބޮޑު ކެމްޕެއިނެއް ބާއްވަން ލެޓްސް ޑޫއިޓް މޯލްޑިވްސް އިން ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު