މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓުގައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ޗެއާމަން މުހައްމަދު ރަޝީދާއި ސީއީއޯ ޝާހިދު އަލީގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ޝާހިދު އަލީ ވިދާޅުވީ އެ ކުންފުނީގެ ކުރިއެރުމަށް ކުރާ ހުރިހާ ކަމެއް ކުރަނީ މުވައްޒަފުން ކަމަށެވެ. އަދި ޖާގައިގެ ދަތިކަމާއި އެ ކުންފުނީގެ އޮޕަރޭޝަންސްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް އޮޮޕަރޭޝަންސްތައް އޮމާންކަމާއެކު ކުރިއަށް ގެންދަނީ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އަހަރީ ދުވަހާ ގުޅިގެން ހާއްސަ ކޭކެއް ވަނީ ފަޅައިފައެވެ.