އަޅުގަނޑު މަގާމުގައި ދެމިހުރުމުގައި ރައްޔިތުންނަށް ވަށައިޖެހޭ ޖަޒީރާ ދިރިއުޅުމެއް ހޯދައިދިނުން ނޫން ބޭނުމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއެކު ލ. ގަމުގައި މިހާރު ކުރިއަށްދާ ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ މިހާތަނަށް މުޅި ރާއްޖެއަށް ގެނެވޭނެ އެންމެ ބޮޑު އިދާރީ ބަދަލު ކަމަށެވެ.
ލާމަރުކަޒީ ނިޒާމަކީ ބިލާހެއް ނޫންކަމުގެ ޔަގީންކަން އެންމެންނަށްވެސް ލިބިފައިވާ ކަމަށާއި އެކަން ވިއަވަތި ކޮންފަރެންސުންވެސް ހާމަވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެ މަނިކުފާނު ރައީސްކަމުގައި ދެމި ހުންނަވާނީ ވަށާޖެހޭ ޖަޒީރާ ދިރިއުޅުމެއް އެންމެންނަށްވެސް ހޯދައިދޭން ކަމަށެވެ.
"އަޅުގަނޑު މި މަގާމުގައި ދެމި ހުންނާނީވެސް މި މަސައްކަތް މުޅިން ނިންމައި ވަށާޖެހޭ ޖަޒީރާ ދިރިއުޅުމެއް ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދިނުމަށް. އެނޫން އެއްވެސް ބޭނުމެއް، އަމާޒެއް އަދި ތަސައްވުރެއް އަޅުގަނޑުގެ ނެތް،" ރައީސް ވިދާޅުވިއެވެ.
ޖަޒީރާ ރާއްޖޭގެ ތަނަވަސްކަން އެންމެންގެ ޖީބަށްވެސް ލިބެންޖެހޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެ ވިއަވަތިވެ، ދިރިއުޅުން ޖަޒީރާވެ، އުފާފާގަތިިކަމާއި ބާއްޖަވެރި ހަޔާތެއްގެ ނަސީބު ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށްވެސް ހައްގު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު