ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްފައިވާތީ މާލެއިން ފުރައިގެން ދިޔަ ބޯޓެއް ހުއްޓުވައި އަނބުރާ މާލޭ ފަޅަށް ވައްދައިފިއެވެ.
މެރިން ޕޮލިހުން މިއަދު ބުނީ، މާލެއިން ފުރައިގެން ދެކުނަށް ދަތުރުކުރަމުންދިޔަ "ސައުތުލައިން" ބޯޓު ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްފައިވާތީ ބޯޓު ހުއްޓުވައި މާލެއަށް ވައްދާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ގަވައިދާއި އެއްގޮތަށް މުދާ ބަރުކޮށްގެން ނޫނީ ނުފުރޭނެކަން އެ ބޯޓަށް އަންގާފައިވާ ކަމަށެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުގަދަ ދުވަސް ވަރަކަށްވުމުން ދަތުރުކުރުމުގައި ސަމާލުވުމަށާއި ކަނޑުދަތުރުކުރާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދިނުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މިހާރުވެސް މުޅި ރާއްޖެއަށް ވަނީ ވައިޓްއެލާޓް ނެރެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު