Close
ޚަބަރު

ނޫސްވެރިކަމުގެ އިނާމަށް 80 އަށްވުރެ ގިނަ ހުށަހެޅުން

ރިފާ ހަލީލު

މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް މިއަހަރު 80 އަށްވުރެ ގިނަ ހުށަހެޅުން ހުށަހަޅައިފިއެވެ.

އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 12 ދާއިރާއަކުން 82 ހުށަހެޅުން ލިބިފައިވާ ކަމަށެވެ.

މިއަހަރު އިނާމު ދިނުމަށް ނިންމާފައިވާ ދާއިރާތަކަކީ ތަހުގީގީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ، ސިޔާސީ، ޝަރުއީ އަދި ގާނޫނީ، ވިޔަފާރިއާއި އިގުތިސޯދު، ކުޅިވަރު، ފޮޓޯ ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، ގްރެފިކްސް އާއި އިލެސްޓްރޭޝަންސް، ފީޗާ، އެންމެ އުންމީދީ ނޫސްވެރިޔާ، އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ އެވެ.

އޭގެ ތެރެއިން ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް އަދި އޯޑިއޯ ޖާނަލިޒަމްގެ ދާއިރާއަކީ އަލަށް އިނާމު ދިނުމަށް ނިންމާފައިވާ ދެ ދާއިރާއެވެ.

އެމްއެމްސީން ބުނީ މިއަހަރު ހުރިހާ ދާއިރާއަކަށްވެސް ހުށަހެޅުން ލިބިފައިވާ ކަމަށެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ ބޭއްވުމާށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.