ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ހއ. މޮޅަދޫގައި ރަސްމީކޮށް މިއަދު އިފުތިތާހުކޮށްފިއެވެ.
މޮޅަދޫގައި އެ ހިދުމަތް ރަސްމީކޮށް އިފުތިތާހު ކޮށްފައިވަނީ އެ ރަށުގެ ރައްޔިތުންނަށް ހާއްސަ އޮފާއަކާއެކުއެވެ.
ދިރާގުން ބުނީ ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓަރު ނުވަތަ އޯއެންޓީވެސް ހިލޭ ލިބޭނެ ކަމަށެވެ. އަދި މިއީ އެންމެ ހަލުވި ސްޕީޑާ އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖުތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ބުންޏެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 ޕަސެންޓަށް އެ ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާ އިރު، އޭގެ ތެރޭގައި 94 ރަށެއް ހިމެނެއެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އުފެއްދުންތެރިކަމާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު