މ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލް ޖުމްހޫރއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު މާލެއަށް ވަޑައިގެންފިއެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނި ތަކުގެ ވެރީންނާއި އިސް ބައެއް ބޭފުޅުންނާއެކު ރައީސް ސޯލިހު މުލަކު އަތޮޅަށް ކުރެއްވި މި ދަތުރުފުޅު ފެއްޓެވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނު ފުރަތަމަ ވަޑައިގަތީ ރަތްމަންދޫއަށެވެ. އެއަށް ފަހު މަޑުއްވަރީއަށާއި ދިއްގަރުގެ އިތުރުން ވޭވަށަށް ވަޑައިގަތެވެ. ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ރައީސް ވަޑައިގެންނެވީ އަތޮޅުގެ ވެރިކަން ކުރާ މުއްޔަށެވެ.
މި ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައިފައެވެ. އަދި ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވައި މުއައްސަސާތަކަށް ޒިޔާރަތްކުރެއްވިއެވެ.
މީގެ އިތުރުން ރައިސް ވަނީ ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައިފައެވެ. އަދި ވޭވަށު ބަނދަރާއި އިންޖީނުގެ އެމަނިކުފާނު ހުޅުވައިދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު