ރަށްރަށުގައި ގޭދޮށު މަސްފެކްޓްރީ ހަދައި، ރަށަށް ބާނާ މަސް ގަނެ ބަންދުކޮށް، ރަށުން ބޭރުކުރެވޭނެ ނިޒާމު ގާއިމު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މިހާރުވެސް ހަތަރު މަސްޕްލާންޓުގެ މަސައްކަތް ކުރިއަށް އެބަދާކަމަށް މިނިސްޓާ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރީކަލްޗާ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ގޭދޮށު މަސް ޕްލާންޓު މިހާތަނަށް ގާއިމުކޮށް ހިންގަމުން ދޭތޯ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ތިން ޕްލާންޓް ހެދުމުގެ މަސައްކަތް އައްޑޫސިޓީގައި ކުރިއަށްދާ ކަމަށާއި، އޭގެ އިތުރުން ނ.ކެނދިކުޅުދޫގައިވެސް މަސް ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ ފެކްޓްރީތައް ގާއިމު ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމަށް ބޭނުންވާ ހުއްދަދިނުމަށް ކަމާބެހޭ އިޖުރާއަތްތައް ހިމެނޭ އުސޫލުތަކެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން އެފަދަކަމެއް ކުރަން ބޭނުން ނަމަ، މަސް ގަނެ ޕްރޮސެސްކޮށް، އެކްސްޕޯޓު ކުރުމަށް ބޭނުންވާ ހުއްދަ ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު