މ. މުލިން އަލީ ޔާމީން --- ވަން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްވުރެ ހިދުމަތްތެރި ވެރިޔަކު ދެކިވަޑައިނުގަންނަވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
މިރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް މިއަދު ހަވީރު ބޭއްވި ބައްދަލުކުރެއްވުމުގައި ނަސީމް ވިދާޅުވީ، ސަރުކާރުން ކޮވިޑް މެނޭޖުކުރީ ވަރަށް ފުރިހަމައަށް ކަމަށެވެ. އަދި ކޮވިޑަށް ފަހު ރާއްޖޭގެ އިގުތިސޯދު ހިނގައިގަންނަން ފެށީ ރައީސް ސޯލިހުގެ ވިސްނުންފުޅުގެ މޮޅުކަމުން ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ރައީސްކަން ކުރެއްވި ގިނަ ބޭފުޅުންނާއެކުގައި މަސައްކަތް ކުރައްވާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ނަސީމް ވިދާޅުވީ، ރައީސް ސޯލިހަށްވުރެ ހިދުމަތްތެރި ވެރިޔަކު ދެކިވަޑައިނުގަންނަވާ ކަމަށެވެ.
"ރައީސަށް އިތުރު ދައުރެއް އަޅުގަނޑުމެން ދޭން ޖެހޭ. ހުރިހާ ބޭފުޅުންގެ އެއްބާރުލުން މިކަމަށް ބޭނުންވޭ،" ނަސީމް ވިދާޅުވިއެވެ.
ނަސީމް އިތުރަށް ވިދާޅުވީ، ސިއްހީ ނިޒާމަށް މި ސަރުކާރުން އެކަށީގެންވާ ހައްލެއް ގެނެސްދެއްވާނެ ކަމަށާއި އަތޮޅުތެރޭގައި ގާއިމުކުރާ ރީޖަނަލް ހޮސްޕިޓަލުތަކާއި ޓާޝަރީ ހޮސްޕިޓަލުތަކާއެކު ސިއްހީ ނިޒާމު ރަނގަޅުވެގެންދާނެ ކަމަށެވެ.
މުލީގައި ހުންނަ މުލަކު އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ވަރަށް އަވަހަށް ފޯރުކޮށްދ،ީ މިހާރު ނުލިބި ހުރި ހިދުމަތްތައް ވަރަށް އަވަހަށް ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު