މ. ރަތްމަންދޫން އަލީ ޔާމީން - ވަން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މުލަކު އަތޮޅުގެ ފަސް ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މިރަށަށް ވަޑައިގަތުމުން މިރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސްގެ އިސްތިގުބާލުގައި މިރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މިރަށު ފާލަން ސަރަހައްދަށް ޖަމާވެފައެވެ. ރައީސަށް މަރުހަބާ ދެންނެވުމަށް ފިރިހެނުންގެ ދަނޑިޖެހުމުގެ ހަރަކާތެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
ރައީސް ސޯލިހު މިރަށަށް ކުރައްވާ މި ދަތުރުފުޅުގައި މިރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެއެވެ. އަދި މިރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.
މިރަށުން ރައީސް ސޯލިހު ދެން ވަޑައިގަންނަވާނީ މިއަތޮޅު މަޑުއްވަރީއަށެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި މިރަށުގެ އިތުރުން މަޑުއްވަރީއާއި ދިއްގަރާއި މުލީގެ އިތުރުން ވޭވަށަށް ވަޑައިގަންނަވާން ވަނީ ނިންމަވައިފައެވެ. ދެ ދުވަހުގެ މި ދަތުރުފުޅަށް ފަހު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު