ބައެއް މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް ނީވެގޮތް ހަދަން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރު އިސްމާއިލް އަފްރާހް "ވަން" އަށް މިއަދު ވިދާޅުވީ ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތް ހެދުމަށް އަންގާފައިވާނީ ވަރަށް މަދު މިސްކިތަކަށް ކަމަށެވެ.
އަފްރާހް ވިދާޅުވީ މި މިސްކިތްތަކުގެ އިމާމުންނަށް މިކަން އެންގީ އެ މިސްކިތްތައް ހުންނަ ސަރަހައްދުގައި ދިރިއުޅޭ އާންމު ފަރާތްތަކުން ޝަކުވާ ހުށަހަޅަމުންދާތީ ކަމަށެވެ.
"މިސްކިތުގައި ނަމާދުކުރާ އަޑު މުޅި ސަރަހައްދަށް އިވޭ ގޮތް ހެދުމަކީ އާންމު އުސޫލެއް ނޫން. ބައެއް މިސްކިތްތަކުގައި ބަންގި ގޮވުމަށް ބޭނުން ކުރާ ލައުޑް ސްޕީކަރު ކަނޑާ ނުލައި ނަމާދު ކުރާތީ އެ ސަރަަހައްދުތަކަށް ވަރަށް އަޑުގަދަވާ ކަމަށްބުނެ އާންމުންގެ ޝަކުވާ މިއަންނަނީ." އޭނާ ވިދާޅުވިއެވެ.
ނަމާދު ކުރާ އަޑު ބޭރަށް ނީވޭގޮތް ހަދަން އެންގީ ކޮންކޮން މިސްކިތްތަކަކަށް ކަމެއް ހާމަކޮށްފައެއްނުވެއެވެ. އެހެން ނަމަވެސް "ވަން" އަށް އެނގިފައިވާ ގޮތުގައި ސަލްމާން މިސްކިތުގައިވެސް ނަމާދު ކުރާއަޑު ބޭރަށް ނީވޭ ގޮތް ހެދުމަށް ވަނީ އަންގާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު