ސަރުކާރުން ހަމައެކަނި އެމްޓީސީސީއަށް ޕްރޮޖެކްޓްތައް ދެމުން ގެންދިއުމުގެ ސަބަބުން އަމިއްލަ ބައެއް ކުންފުނިތައް ބަނގުރޫޓު ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ ރަށްރަށުގެ ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ބައެއް މެންބަރުން، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ ކުރެއްވި ސުވާލުތަކަށް މިނިސްޓަރު ދެއްވި ޖަވާބުތަކާ ގުޅިގެނެވެ.
އެ މަސައްކަތްތައް ލަސްވާ ސަބަބެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ، އެ މަސައްކަތްތައް ކުރުމުގެ ފުރިހަމަ ކެޕޭސިީ ހުރި ކުންފުންޏަކީ އެމްޓީސީސީ ކަމަށާއި، އެ ކުންފުންޏަށް އޮތް ޕްރޮޖެކްޓްތައް ގިނަ ކަމެވެ. އަދި އަމިއްލަ ކުންފުނިތަކުގައި އެ މަސައްކަތްތަަކަށް އެކަށީގެންވާ ކެޕޭސިޓީ ނެތްކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، އެ މަސައްކަތްތައް ކުރުމަށް އެމްޓީޓީސީގެ ކެޕޭސިޓީ އާއި އަމިއްލަ ކުންފުނިތަކުގައި ހުނަރުވެރިކަން ނެތް ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި 2010 ވަނަ އަހަރު ހަތަރު ޑްރެޖިން ކުންފުންޏާއި، ބަނދަރު ހަދާ ވަރަށްގިނަ ކުންފުނިތައް ރާއްޖޭގައި މަސައްކަތް ކުރަމުން ގެންދިޔަ ކަމަށެވެ.
އެހެން ނަމަވެސް "ސަރުކާރުން ތަކުރާރުކޮށް ހަމައެކަނި އެމްޓީސީސީއަށް ޕްރޮޖެކްޓްތައް ދެމުން ގެންދިއުމުން މި ކުންފުނިތައް މިހާރު ވަނީ ބަނގުރޫޓު ވެފައި، އަދި އެ ކުންފުނިތަކަށް އެއްގޮތަކަށްވެސް މިދަނީ މަސައްކަތް ނުލިބި،" ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު