ދިރާގުގެ ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑެއިލީ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިިފިއެވެ.
ދިރާގުން މިއަދު ބުނީ މި ޕްރޮމޯޝަންގެ ދަށުން 'ސަޅި 2 ވީކްސް' އަދި 'ސަޅި މަންތްލީ' ގެ ނަމުގައި ދެ ޕްލޭނެއް ކަސްޓަމަރުންނަށް މިހާރު ނެގޭނެ ކަމަށެވެ.
'ސަޅި 2 ވީކްސް' ޕްލޭނުން ކަސްޓަމަރުންނަށް ދެ ހަފުތާ ވަންދެން ކޮންމެ ދުވަހަކު 4ޖީބީ ޑޭޓާ އެންމެ 265 ރުފިޔާއަށް ލިބޭނެއެވެ. އަދި 'ސަޅި މަންތްލީ' ޕްލޭނުން ހަމައެކަނި 495 ރުފިޔާއަށް 150 ޖީބީ ޑޭޓާ، އެއް މަހަށް ލިބޭނެއެވެ.
ދިރާގުން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން ކަސްޓަމަރުން ނަގާ ކޮންމެ ޕްލޭނަކުންވެސް ހުރިހާ ދިރާގު ނަމްބަރުތަކަށް ލިމިޓެއް ނެތި ގުޅޭނެ ކަމަށެވެ. އަދި އެއް އެކްޓިވޭޝަނުން އިތުރު ޑޭޓާ ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބުންޏެވެ.
ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ނުވަތަ 343 އަށް 'ސަޅި 2 ވީކްސް' އަށް ނަމަ ‘S1GB14’ ނުވަތަ 'ސަޅި މަންތްލީ' އަށް ނަމަ ‘S1GB30’ ޖަހާފައި އެސްއެމްއެސް ކޮށްލައިގެންވެސް މި އެޑް-އޮން ނެގޭނެއެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު