ބިދޭސީ 40 ޑޮކްޓަރުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މިއަ ދުކުރި އިއުނާލެއްގައި ބުނީ،މިއަދާ ހަމައަށް އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ރެކްރޫޓްމެންޓް އޭޖެންސީތައް މެދުވެރިކޮށް ވަޒީފާތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އެގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެ ވަޒީފާތަކަށް ކުރިމަތިލެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ހެލްތުން ބުނީ އެ ވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ ގޮތުގައި 15،090 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި އެކޮމެޑޭޝަން އާއި ކެއިންބުއިމުގެ އެލެވެންސްގެ ގޮތުގައި 4،800 ރުފިޔާ ލިބޭއިރު ސާވިސް އެލެވެންސްގެ ގޮތުގައި ދުވާލަކު 275 ރުފިޔާ ލިބޭނެއެވެ.
ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ގޮތުގައި ހިމެނެނީ އެމްބީބީއެސް ޑިގްރީއެއް އޮތުމާއި އަދި މޯލްޑިވްސް މެޑިކަލް ކައުންސިލުން ގަބޫލުކުރާ ޓީޗިން ހޮސްޕިޓަލެއްގައި އެއް އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުމުގެ އިތުރުން އެއް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ވެސް ހެލްތު މިނިސްޓްރީން ވަނީ އެ ފެންވަރުގެ 25 ޑޮކްޓަރުން ބޭރުން ހޯދަން އިއުލާނުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު