ޚަބަރު

އައިއެމްޓީއެމް 2022ގެ އޮންލައިން ނިއުސް ޕާޓްނަރަކަށް ވަން އޮންލައިން

މުހައްމަދު ޖަމްޝަތް ވަހީދު

އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް، އައިއެމްޓީއެމް 2022ގެ ލޯކަލް އޮންލައިން ނިއުސް ޕާޓްނަރަކަށް ވަން އޮންލައިން ހަމަޖައްސައިފިއެވެ.

މިއަހަރުގެ އައިއެމްޓީއެމްގެ ފެއާގެ އޮންލައިން ނިއުސް ޕާޓްނަރަކަށް "ވަން" ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް "ވަން" އޮފީހުގައި މިއަދު ބޭއްވި އިވެންޓުގައި އެއްބަސްވުމުގައި ވަން އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ އެޑްމިން އެންޑް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފް (ހަޝް) އެވެ. އައިއެމްޓީއެމްގެ ފަރާތުން ސޮއިކުރެއްވީ ކޮންޓެންޓް ރައިޓާ، ލައިޝާ ފަހުދުއެވެ.

އައިއެމްޓީއެމްއަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންސީތަކާއި ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތަކުގެ އިތުރުން ހުރިހާ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން ވިޔަފާރިތަކަށް ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިތަކާ ގުޅިގެން ހުރި ފުރުސަތުތައް ހޯދައިދޭން ބާއްވާ ފެއާއެކެވެ.

މި އަހަރުގެ ފެއާ އޮންނާނީ އަންނަ މަހުގެ 7-8 އަށެވެ. މިއީ އަހަރަކު އެއް ފަހަރު ބާއްވާ ބީ2ބީ ފެއާގެ ހަވަނަ އެޑިޝަނެވެ. ކޮވިޑާ ގުޅިގެން މިދިޔަ ދެ އަހަރުވެސް މި ފެއާ ކުރިއަށް ގެންދިޔައީ އައިއެމްޓީއެމް އެއާ ވާޗުއަލް ޕްލެޓްފޯމް މެދުވެރިކޮށެވެ.

މި އަހަރުގެ ފެއާ ބާއްވަން ނިންމާފައިވަނީ މާލޭގައެވެ. ފެއާ ބާއްވާނެ ތަނެއް ފަހުން އިއުލާނުކުރާނެ ކަމަށް އައިއެމްޓީއެމް އިން ބުންޏެވެ.