ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި މުދިމަކު ސަސްޕެންޑްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލު މިއަދު "ވަން" އަށް ވިދާޅުވީ، އެފަދަ މައްސަލައެއްގައި ހުޅުމާލޭ މިސްކިތެއްގެ މުދިމަކު ސަސްޕެންޑްކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް މިނިސްޓްރީން އެދިފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިނިސްޓްރީން ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވިއެެވެ

"މިހާރުވެސް ވަޒީފާއަކަށް ނުނިކުންނާނެ. ސަސްޕެންޑް ކުރުމާމެދު ގޮތެއް ނިންމާމީ ސީއެސްސީން" އޮފިޝަލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ބަންގްލަދޭޝްގެ އަލަމްގިރި އާއެކު ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގީ، ހުޅުމާލޭ މަސްޖިދުލް މުހައްމަދުގެ މުދިމެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި މީގެ ކުރިން އިމާދުއްދީން ސްކޫލުގައި ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން އުޅުނު ސެން ޓީޗަރަކާއި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ވަނީ ސަސްޕެންޑް ކޮށްފައެވެ.