ތުހުމަތުކުރެވޭ މީހާގެ އިއުތިރާފު ބަޔާނުގެ މައްޗަށް ކުށް ސާބިތުކުރާ ނަމަ، އަބަދުވެސް ހިލާފު އުފެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި އިރު، ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުވާ ބަންގުލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގިރި އާއެކު ގުޅުން ހިންގިކަމުގެ ތުހުމަތުގައި އެ މަނިކުފާނުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލް ނާޒިމް ސައްތާރު ހުރީ ހައްޔަރުގައެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީއަށް ގެންނަން އެދުނު އެންމެ ބޮޑު ބަދަލަކީ އިއުތިރާފުގެ ބަދަލުގައި ހެއްކާއި ގަރީނާއިން ކުށް ސާބިތުކުރުމަށް ކަމަށެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ހައްޔަރުކުރުމުން ރައީސް ނަޝީދު ވަނީ، ވަރަށް ބޮޑަށް ނުހުރުން ފާޅުކުރައްވައި ނާޒިމް ހައްޔަރުކުރީ ރައީސް ސޯލިހުގެ ސަރުކާރުގެ ކޯލިޝަންގައި ތިބި ހަރުކަށި ވިސްނުމުގެ ބަޔަކު ރުއްސަން ކަމަށް ވިދާޅުވެފައެވެ. އަދި ނާޒިމްގެ މައްސަލައަށް ނުފޫޒު ނުފޯރުވިނަމަ އިންސާފު ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު