ހައްޖުގެ އަޅުކަމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ރޭ މާލެ ވަޑައިގެންފިއެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގަތީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުވަނީ މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރައްވައިފައެވެ. އަދި މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށްދިޔަ ދިވެހިންނާއިވެސް ރައީސް ސޯލިހުގެ ދެކަނބަލުން ވަނީ ބައްދަލުކުރައްވައިފައެވެ.
ރާއްޖެއަށް މި ފަހަރު ހައްޖަށް މީހުން ގެންދަން ސައުދީ ސަރުކާރުން ދޫކުރީ 453 މީހުންގެ ކޯޓާއެކެވެ. އެހެންވެ މި އަހަރު ހައްޖުގެ އަޅުކަމަށް މީހުން ފޮނުވަން ހުއްދަ ދިނީވެސް ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު