އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން މ. މުލީގައި ތަރައްގީކުރާ އެއާޕޯޓްގެ ރަންވޭ އަޅާ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނި، އެމްޓީސީސީން ބުނެފިއެވެ.
ޖުމުލަ 243.9 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ފެބްރުއަރީ 28، 2020 ވަނަ ދުވަހު އެވެ.
އެ މަޝްރޫއުގެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ، މިހާރު ކުރިއަށްދަނީ ފަޔާ ބިލްޑިންގެ ޕްލާސްޓަރިންގެ މަސައްކަތާއި ޓާމިނަލް ބިލްޑިންގެ ފައުންޑޭޝަން މަސައްކަތްތައް ކަމަށެވެ.
މުލީ އެއާޕޯޓް މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިންހިއްކުމާއި 1812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު