ބޮޑު އީދާ ދިމާކޮށް, އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަން އޮންލައިނުން ހުޅުވާލައިފިއެވެ.

"ވަން"ގެ އީދު ގިވްއަވޭ, ކުރިއަށްގެންދަނީ ޗެޕްސް ރިސާވްޑް އާއި ރެފްކޫލް އިލެކްޓްރޯނިކްސް ގުޅިގެންނެވެ. ގިވްއަވޭގެ ގޮތުގައި ޖުމުލަ 25,000 ރުފިޔާގެ އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އީދު ގިވްއަވޭ ހޯދުމަށް ފަސް ކަމެއް ފުރިހަމަކުރަން ޖެހެއެވެ. ފުރަތަމަ ކަމަކީ ވަން އޮންލައިން ފޭސްބުކް ޕޭޖުގައިވާ ގިވްއަވޭ ޕޯސްޓަށް ލައިކެއް ދިނުމެވެ. އެއަށްފަހު ވަން އޮންލައިނާއި ޗެޕްސް ރިސާވްޑް އަދި ރެފްކޫލް އިލެކްޓްރޯނިކްސްގެ ފޭސްބުކް ޕޭޖު ފޮލޯކުރަންޖެހެއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ވަން އޮންލައިން ފޭސްބުކް ޕޭޖުގައިވާ ގިވްއަވޭ ޕޯސްޓު އަމިއްލަ ފޭސްބުކް ޓައިމްލައިނަށް ޝެއާކޮށް ވަން އޮންލައިނާއި ޗެޕްސް ރިސާވްޑް އަދި ރެފްކޫލް އިލެކްޓްރޯނިކްސްގެ ފޭސްބުކް ޕޭޖު ޓެގްކުރަންޖެހެއެވެ. ޓައިމްލައިނަށް ޝެއާކުރާ ޕޯސްޓު އެންމެންނަށް ފެންނާނެ ގޮތަށް "ޕަބްލިކް" ކުރަން ޖެހޭނެއެވެ.

ހަތަރުވަނަ ކަމެއްގެ ގޮތުގައި މި ޕޯސްޓް ފޭސްބުކް ސްޓޯރީގައި ޝެއާކޮށް ވަން އޮންލައިންއާއި ޗެޕްސް ރިސާވްޑް އަދި ރެފްކޫލް އިލެކްޓްރޯނިކްސްގެ ފޭސްބުކް ޕޭޖު ޓެގްކުރަންޖެހެއެވެ.

ފަސް ވަނަ ކަމަކަށް ވަން އޮންލައިން ފޭސްބުކް ޕޭޖުގައިވާ ގިވްއަވޭ ޕޯސްޓަށް ކޮމެންޓް ކުރަން ޖެހެއެވެ. އަދި ފަސް އެކުވެރިން ކޮމެންޓުގައި ޓެގުކުރަން ޖެހެއެވެ. އިނާމު ހޯދުމުގެ ފުރުސަތު ބޮޑުކުރުމަށް އެއަށްވުރެ ގިނަ އެކުވެރިންވެސް ޓެގް ކުރެވިދާނެއެވެ. އަދި ޓެގްކުރާ އެކުވެރިންވެސް ވަން އޮންލައިން ފޭސްބުކް ޕޭޖު ލައިކްކޮށް, ފޮލޯކުރަންޖެހެއެވެ.

އިނާމު ލިބޭ ފަރާތެއް ކަނޑައަޅާނީ މަތީގައިވާ ހުރިހާ ޝަރުތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށެވެ. މި ގިވްއަވޭގެ ފުރުސަތު މި މަހުގެ 16 ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

ގިވްއަވޭ ޕެކޭޖުތައް ލިބޭ ފަރާތްތައް އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.