ތައިރޮއިޑް ބަލީގެ ފޭކް ބޭހެއް ދައުރުކުރަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު އެލާޓްގައި ބުނީ، އިންޑިއާގެ އެކްމޭ ޖެނެރިކްސް އެލްއެލްޓީ ކުންފުނިން އުފައްދާ ،Thyroxine sodium (Thyronorm 100 mcg) ގެ ކައުންޓާފީޓް ޕްރޮޑަކްޓެއް ފެނިފައިވާ ކަމަށް އިންޑިއާގެ ތެލަންގަނާ ޑްރަގްސް ކޮންޓްރޯލް އެޑްމިނިސްޓްރޭޝަނުން އަންގާފައިވާ ކަމަށެވެ.

މި ބެޗްތައް ރާއްޖެ އެތެރެކުރުމާ ބޭނުންކުރުމަކީ މަނާ ކަމެކެވެ. އަދި މިބޭހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެފްޑީއޭގެ ނަންބަރު 7200321 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުން އެ އޮތޯރިޓީން ވަނީ އެދިފައެވެ.

"މިއާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ މާކެޓުން ބޭހުގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް މި އޮތޯރިޓީން ފަށާފައިވާ ކަމުގައި ދަންނަވަން," އެމްއެފްޑީއޭއިން ބުންޏެވެ.

މި ބޭހުގެ ކައުންޓަފީޓް (ސްޕޫރިއަސް) ބޭސް ފާހަގަކުރާނެ ގޮތް:

އެމްއެފްޑީއޭއިން އިތުރަށް ބުނީ، ޕޯޓްސް އޮފް އެންޓްރީގައި މިބާވަތުގެ ބޭސް އެތެރެކުރޭތޯ ބަލަމުން އަންނަ ކަމަށެވެ.