ރައްޔިތުންނަށް ހެޔޮ އަގުގައި ވިއްކާ ތެޔޮ ގަނެ، ބޮޑު އަގުގައި ރިސޯޓްތަކަށް ވިއްކުން ހުއްޓުވަން އެސްޓީއޯއިން ވަރުގަދަ ފިޔަވަޅެއް އަޅައިފިއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސެއިން އަމްރު ވިދާޅުވީ ދުނިޔޭގެ ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު އޭގެ ސަބަބުން ރައްޔިތުންނަށް ވާނެ ބޮޑު ގެއްލުން ކުޑަކުރުމުގެ ގޮތުން އެފްއެސްއެމުން ފިއުލް ޝެޑްތަކުންނާއި މަސްވެރިންނަށާއި ރަށްރަށުގެ ތެޔޮ ވިއްކާ ފަރާތްތަކަށް ތެޔޮ ވިއްކަމުން ދަނީ ސަބްސިޑައިޒް ކޮށްގެން ދަށް އަގެެއްގައި ކަމަށެވެ. ނަމަވެސް ރިސޯޓްތަކަށް ތެޔޮ ވިއްކަމުންދަނީ ހަމަ އަގުގައި ކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ މިގޮތައް މިކަން ކުރަމުންދާއިރު ބައެއް ފަރާތްތަކުން އަގު ހެޔޮކޮށް ރައްޔިތުންނަށް ވިއްކާ ތެޔޮ ގަނެގެން ރިސޯޓްތަކަށް ވިއްކަން މަސައްކަތްކުރާކަން ފާހަގަވެފައިވާ ކަމަށެވެ.
"ރަށްރަށުގައި ތެޔޮ ވިއްކާ ފަރާތްތަކުން އެވްރެޖްކޮށް ނަގަމުން އަންނަ އަދަދުގެ އިތުރުން ނަހަމަ ގޮތުގަ އަގު ބޮޑުކޮށް ތެލުގެ ވިޔަފާރިކުރުން ހުއްޓުވުމަށް، ބޭނުންވާ ވަރަށްވުރެ އިތުރަށް އެ ފަރާތްތަކަށް ތެޔޮ ދޫނުކުރާނެ ވާހަކަ ވާނީ އަންގާފައި،" އަމްރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ތެޔޮ ސަޕްލައި ލިމިޓް ކުރީ ނަހަމަ ވިޔަފާރި ހުއްޓުވައި ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު