އައްޑޫ ފޭދޫ ހެލްތު ސެންޓަރުގައި ދިވެހި އަންހެނެއްގެ ގަޔަށް ނުބައި އިންޖެކްޝަނެއް ޖަހައިފިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ފޭދޫ ހެލްތު ސެންޓަރުގައި ޑޮކްޓަރު ޖަހަން އިރުޝާދު ދިން އިންޖެކްޝަން ނޫން އެހެން އިންޖެކްޝަނެއް ބަލި މީހެއްގެ ގަޔަށް ޖަހާފައިވާ ކަމަށެވެ.
މިހާރު އެ އަންހެން މީހާ، އޭއީއެޗްއަށް ގެނެސް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެ އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް އޭއީއެޗުން ބުންޏެވެ.
އެ މައްސަލަ މިހާރު ރިވިއު ކުރަމުން އަންނަ ކަމަށާއި އެ މައްސަލައިގެ މައުލޫމާތު ނާސިން ކައުންސިލަށް ވެސް މިހާރު ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.
މީގެ ކުރިންވެސް ވަނީ ބަލި މީހާއަށް ނުބައި އިންޖެކްޝަނެއް ދީފައިވާ މައްސަލަތައް ފެންމަތިވެފައެވެ. އަދި އިހުމާލުވި މީހުންނަށް ފިޔަވަޅު ވެސް އަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު