މިއަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް 18 ރަށެއްގައި ހަވާ އަރުވަން ނިންމައިފިއެވެ.
ހަވާ އެރުވުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި ސިފައިންގެ ކުންފުނި ސިފްކޯއަށެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، އެ މުއައްސަސާގެ ފަރާތުން އެއްވެސް ރަށެއްގައި އީދު ފާހަގަކުރުމަށް ހަވާ އަރުވަން ނިންމައިފައި ނުވާ ކަމަށެވެ. ނަމަވެސް ވިޔަފާރި އުސޫލުން ހަވާ އެރުވުމަށް 18 ރަށަކުން ސިފްކޯގައި އެދިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
- ހއ. ބާރަށް
- ހއ. ދިއްދޫ
- ހއ. ވަށަފަރު
- ނ. ވެލިދޫ
- ނ. ހޮޅުދޫ
- ނ. ފޮއްދޫ
- ރ. މާކުރަތު
- ބ. ފުޅަދޫ
- ބ. ދަރަވަންދޫ
- ބ. އޭދަފުށި
- ކ. ދިއްފުށި
- ކ. ގުރައިދޫ
- ކ. ހިއްމަފުށި
- ކ. ގާފަރު
- އއ. ތޮއްޑޫ
- އއ. އުކުޅަސް
- ގދ. ފިޔޯރީ
- ސ. ހިތަދޫ
މީގެ ކުރިން އާ އަހަރާއި އީދު ފާހަގަކުރަން މާލޭ ސަރަހައްދުގެ އިތުރުން އެކި ރިސޯޓުތަކުގައި ހަވާ އަރުވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު