އިދިކޮޅު ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ޝިފާގު މުފީދު (ހިސްޓޯ) އައްޔަންކޮށްފިއެވެ.
ހިސްޓޯ ޕީއެންސީގެ އެސްޖީގެ މަގާމަށް އައްޔަންކުރީ ޕީއެންސީގެ ކައުންސިލުގެ އަގުލަބިއްޔަތުންނެވެ. ހިސްޓޯ އެ މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި ގީލާ އަލީ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މީގެ ކުރިން ހިސްޓޯ ވަނީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފައެވެ. އޭނާ މަޖިލީހަށް ހޮވިވަޑައިގަތީ އެމްޑީޕީ ޓިކެޓުގައެވެ. އޭގެ އިތުރުން އޭނާ ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރުކަން ވެސް ކުރައްވައިފައެވެ.
އެމްޑީޕީން ވަކިވުމަށްފަހު ހިސްޓޯ ވަނީ 2012 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްއާއެކު މަސައްކަތްކުރައްވައިފައެވެ. އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް އޭރު ކުރަމުން ދިޔަ މުޒާހަރާތަކުގެ ކުރީ ސަފުން ހިސްޓޯ ފެނިފައިވެއެވެ. އަދި އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޕީޕީއެމްއާއެކު މަސައްކަތްކުރެއްވުމަށްފަހު، ޕީއެންސީ އުފެދުމާއެކު އެޕާޓީއާ ގުޅުނެވެ.
ޚަބަރު
ޚަބަރު
ޚަބަރު