ބަނޑޮސް އައިލޭންޑް ރިސޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން މިއަދު ބުނީ، ބަނޑޮސްގެ ހުޅަނގު-އިރުމަތީ ކޮޅުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.
ބަނޑޮސްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އޯކިޑް ހޮލްޑިން ކުންފުނިންނެވެ. އެ މަޝްރޫއުގެ ދަށުން 557 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.
އެމްޓީސީސީއަކީ މީހުން ދިރިއުޅޭ ރަށްރަށުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ އިތުރުން ޓޫރިޒަމް ދާއިރާގެ އުމްރާނީ މަޝްރޫއުތައް ވެސް ހިންގާ ކުންފުންޏެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު