ރައްޔިތުންގެ މަޖިލީހުގެ ނިންމުމާ ހިލާފަށް މޯލްޑިވް ގޭސްއިން ގޭސް ގަންނަ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރު ކޮށްފިއެވެ.
ކޮމިޓީ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ވިދާޅުވީ، މަޖިލީހުގެ ނިންމުމާ ހިލާފަށް މޯލްޑިވް ގޭސްއިން ތްރީ އެޗްޑީ އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުން ގޭސް ގަންނަމުންދާ މައްސަލަ އެ ކޮމިޓީއަށް ހުށަހަޅާފައި ވަނީ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ކަމަށެވެ.
އެ މައްސަލަ ބެލުމަށްޓަކައި ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެ ކުންފުނީގެ އިސްވެރިން ވަނީ ހާޒިރުކޮށްފައެވެ.
މިއަދުގެ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ. ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް މެމްބަރު ނިހާދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ދިއްދޫ ދާއިރާގެ މެމްބަރު އަބުދުﷲ ވަހީދެވެ.
ނިހާދު ވިދާޅުވީ، މިއަދު ދުނިޔޭގެ މަސްރަހު އޮތް ގޮތަށް ބަލާއިރު، ގޭސް ގަނެ ވިއްކައި ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށްދިނުމަކީ ނާޒުކު ކަމެއް ކަމަށާއި އަދި އެއީ ބިރުހުރި ކަމެއް ކަމަށެވެ. ނަމަވެސް އެކަމަކީ ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ކަމަށާއި އެފަދަ ކަމަކާބެހޭގޮތުން ވާހަކަ ދައްކާއިރު ބައްދަލުވުން ސިއްރު ކުރުމަށް ހުށަހަޅުއްވާ ކަމަށް ނިހާދު ވިދާޅުވިއެވެ.
އިލިޔާސް ލަބީބު ވެސް ވިދާޅުވީ، މި މައްސަލައިގައި އެކުންފުނިން ތެޔޮ ގަންނަން އަގުތަކާއި ވިއްކާ އަގުތަކާއި ތެޔޮ ގަންނަށް ކުރިއަށް ގެންދާ މުޅި ޕްރޮސެސްއާބެހޭ މައުލޫމާތު އޮޅުން ފިލުވަން ހަމަޖެހިފައިވުމާއި ތެލުގެ ބާޒާރަކީ ރާއްޖޭގައިވެސް ވާދަ ވެރި ވިޔަފާރިއަކަށްވާތީ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުން މުހިއްމު ކަމަށެވެ.
މޯލްޑިވް ގޭހުން، ގޭސް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މީގެ ކުރިންވެސް އެސްއޯއީ ކޮމިޓީން ވަނީ ބަލައިފައެވެ. އެއަށްފަހު 2019 ވަނަ އަހަރު ސަޕްލަޔަރު ބަދަލު ކުރަން ވަނީ އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު