ފުވައްމުލަކު ސިޓީގައި ހުންނަ ހުކުރު މިސްކިތުގެ އާސާރީ ގަބުރުސްތާނުގެ މަހާނަ ގާތަކެއް ބިންދައި އެތަނަށް ގެއްލުން ދިން މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
ފުވައްމުލަކު ހުކުރު މިސްކިތު ގަބުރުސްތާނަކީ ރާއްޖޭގައި މިހާރު ފެންނަން ހުރި އެންމެ ގަދީމީ ގަބުރުސްތާނެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ "ވަން" އަށް މިއަދު ވިދާޅުވީ، އެ ގަބުރުސްތާނަށް ގެއްލުން ދީފައިވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.
"ހަ މަހާނަ ގާ ހަލާކުކޮށްލާފައިވަނީ، ބައެއް ގާތައް ވަނީ މޫދަށް އުކާލައިފައި،" ފިކުރީ ވިދާޅުވިއެވެ.
އެ މައްސަލަ ހެރިޓޭޖު މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނެސްފައިވާ އިރު، އެ މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅައިފައެވެ.
ގާނޫނު ބުނާ ގޮތުން، ތަރިކައަށް ގެއްލުންދިނުމުގެ ކުޑަބޮޑު މިނަށް ބަލައި، 10،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު