ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އަށް 3،000 މެންބަރުން ހަމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު "ވަން" އަށް ވިދާޅުވީ ގާނޫނީ އަދަދު ހަމަނުވާތީ ނޯޓިސް ދީފައިވާ ޕާޓީތަކުގެ ތެރެއިން އެމްއާރްއެމުން ގާނޫނު ބުނާ އަދަދަށް މެމްބަރުން ހަމަކޮށްފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އުވާލުމަށެވެ.
އެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާއިރު މެންބަރުން ހަމަނުވެއްޖެ ނަމަ އުވާލަން ނޯޓިސް ދިން ލިސްޓުގައި އެމްއާރުއެމްގެ އިތުރުން ދެން ހިމެނެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީއާއި ޑީއާރުޕީއާއި ލޭބާ ޕާޓީއެވެ.
ހަބީބު ވިދާޅުވީ، އެމްޓީޑީންވެސް ބޭނުންވާ އަދަދަށް ފޯމު ހުށަހަޅާފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ އެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކަމަށެވެ.
ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު "ވަން" އަށް މިއަދު ވިދާޅުވީ، އެޕާޓީންވެސް ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ފޯމުތައް އީސީއަށް ހުށަހަޅާފައިވާނެ ކަމަށާއި އެ ޕާޓީ އުވެން ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު