ހުޅުމާލޭގައި ފްލެޓެއްގެ ތިން ވަނަ ބުރިން ޒުވާން އަންހެނަކު ވެއްޓި ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ، 22 އަހަރުގެ އެ ޒުވާނާ ވެއްޓިފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ފްލެޓެއްގެ ތިން ވަނަ ބުރިން ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 5:30 ހާއިރު ކަމަށްވެސް ބުންޏެވެ.
ފްލެޓުން ވެއްޓި އަނިޔާވި ޒުވާނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ޒުވާނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ފުލުހުން އަންނަނީ އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
ޚަބަރު
ޚަބަރު