ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ސޯލިހު މީޑިއާތަކާ ބައްދަލުކުރައްވާނީ މިއަދު ހަވީރު 4:00 ޖަހާއިރު ކަމަށެވެ.

ރައީސް ސޯލިހު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ. އެހެންކަމުން މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކީ 300 ދުވަހަށްފަހު އެމަނިކުފާނު ބާއްވަވާ ފުރަތަމަ އެފަދަ ބައްދަލުވުމެވެ.

އެމަނިކުފާނު މީޑިއާތަކާއި ބައްދަލުނުކުރައްވައި މިހާ ގިނަ ދުވަސްވުމުން، ބައެއް މީޑިއާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.