ށ. ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 79 ޕަސެންޓް ނިމިއްޖެއެވެ.
ބިލެތްފަހި ބަނދަރު މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެމްޓީސީސީން މިއަދު ބުނީ މުޅި މަޝްރޫއުގެ 79 ޕަސެންޓު ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތައް އެއްކޮށް ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 50،376 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 434 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 181 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި 1565 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި މަގުބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. އޭގެ އިތުރުން 170 މީޓަރުގެ ސަރަހައްދެއްގައި ރިވެޓުމެންޓު ޖެހުންވެސް ހިމެނޭ ކަމަށް އެކުންފުނިން ބުންޏެވެ.
މި މަޝްރޫއަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު