އެވިޑް ކޮލެޖުގެ ތިނަދޫ ކެމްޕަހުގައިވެސް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އޮތޮރައިޒްޑް ކޯސްތައް ހިންގަން ނިންމައިފިއެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ކޮލެޖް ކަމަށްވާ އެވިޑް ކޮލެޖަށް އަޔާޓާގެ ހުއްދަ ދިންކަން އިއުލާނުކޮށް، އެކަމުގެ ސެޓްފިކެޓް ހަވާލުކުރީ ހުސްވި މެއި މަހުގެ 30 ވަނަ ދުވަހުއެވެ.
އެކަމަށްޓަކައި އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ސެޓްފިކެޓް އެ ކޮލެޖާ ހަވާލުކޮށްދެއްވީ އަޔާޓާއިިން ދެކުނު އޭޝިޔާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް ޓްރެއިނިން ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ލޮކޭޝް މައްޓާއެވެ. އެވިޑް ކޮލެޖުގެ ފަރާތުން ސެޓްފިކެޓާ ހަވާލުވެލެއްވީ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ.
އެވިޑް ކޮލެޖުން ބުނީ، އެ ހުއްދަ ލިބުމާއެކު ރާއްޖޭގައި އަޔާޓާގެ ތަމްރީން ކޯސްތައް ހިންގާ އިތުރު މަރުކަޒެއްގެ ގޮތުގައި އެ ކޮލެޖުގެ ތިނަދޫ ކެމްޕަސް ހަމަޖައްސެވުމަށްފަހު މިމަހުގެ އެއް ވަނަ ދުވަހު ސޮލައިޓް ރެސްޓޯރެންޓުގައި ބޭއްވި ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި އެކަން އިއުލާންކޮށްފައިވާ ކަމަށެވެ. އެކަން އިއުލާން ކޮށްދެއްވީ ލޮކޭޝްއެވެ.
އެވިޑް ކޮލެޖުގެ ޗެއާމަން މުސްތާގު ވިދާޅުވީ އަޔާޓާގެ ތަމްރީން ކޯސްތައް ހުވަދު އޮތޮޅުގައި ހިންގުމަކީ ވަރަށްކުރީއްސުރެވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި އެކަން މިއަދު ހަގީގަތަކަށް ބަދަލުވެ އެވިޑް ކޮލެޖުގެ ނަން އަނެއްކާވެސް ރަންއަކުރުން ތާރީހުގައި ފަވާލެވިއްޖެ ކަމުގައި ވިދާޅުވިއެވެ.
އެވިޑް ކޮލެޖުގެ މާލޭ ކެމްޕަހާއި ތިނަދޫގައި ހުންނަ ކެމްޕަހުގައި އަޔާޓާގެ އޮތޮރައިޒްޑް 13 ޕްރޮގްރާމް ހިންގުމުގެ ހުއްދަ ވަނީ ލިބިފައެވެ. އެއީ:
- އެސިސްޓިން ޓްރެވެލާސް ވިތް ސްޕެޝަލް ނީޑްސް
- އީ ކޮމާސް އިންދަ ޓްރެވެލް އިންޑަސްޓްރީ
- ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް އެމެޑަސް
- ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް ގެލެލިއޯ
- ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް ސޭބާ
- ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް ވިތް ސޭބާ ފޯ ދަ ލީޑާޝިޕް އެންޑް މެނޭޖްމެންޓް ޓްރެއިނިން ޕްރޮގްރާމް
- ފަަންޑަމެންޓަލް ސްކިލްސް އިން ޖާނީ ޕްރައިސިން އެންޑް ޓިކެޓިން
- ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއާސް އެންޑް ޓިކެޓިން – އެމެޑަސް
- ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއާސް އެންޑް ޓިކެޓިން – ގެލެލިއޯ
- ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް ފެއާސް އެންޑް ޓިކެޓިން – ސޭބާ
- މެނޭޖިން ދަ ޓްރެވެކް ބިޒްނަސް
- ސޯޝަލް މީޑިއާ ސްޓްރެޖީ ފޯ ދަ ޓްރެވެލް އިންޑަސްޓްރީ، އީ ލާނިން
- ޓްރެވެލް އެންޑް ޓުއަރިޒަމް ކޮންސަލްޓެންޓް
އެވިޑް ކޮލެޖުން މަޢުލޫމާތު ދެއްވި ގޮތުގައި އެކޮލެޖުން މިހާރު ދަނީ "އަޔާޓާ" ގެ ތަމްރީން ޕްރޮގްރާމްތައް ފެށުމަށްޓަކައި ކުރަންޖެހޭ ރަސްމީ ހުރިހާ މަސައްކަތެއް ވަރަށް ބާރަށް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު