ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ފިލި ގައިދީ ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ، އައްސޭރި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއެއް ފިލުމާ ގުޅިގެން ފުލުހުން އެހީތެރިކަމާ އެކު އޭނާ މިހާރު ހޯދައި ކަރެކްޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެ ގައިދީ ފިލާފައިވަނީ ކޮން އިރަކު ކަމެއް ކަރެކްޝަނުން ހާމައެއް ނުކުރެއެވެ. އަދި ފިލި ގައިދީގެ އެއްވެސް މައުލޫމާތެއްވެސް ހާމައެއް ނުކުރެއެވެ.
"ވަން" އެނގިފައިވާ ގޮތުގައި ޖަލުން ފިލީ ހދ. ނޮޅިވަރަންފަރު، މޯނިން ސަން، މިސްބާހު މުހައްމަދުއެވެ. އޭނާ ފިލީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް އޭނާ ފިލީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު