އއ. މާޅޮސް ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތުގެ 61 ޕަސަންޓް މަސައްކަތް ނިންމާލައިފިއެވެ.
އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ، މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް މި އަހަރު މާޗު މަހުގެ ތެރޭގައި ނިމިފައިވާ ކަމަށެވެ. އަދި މުޅި މަޝްރޫއުގެ 45 ޕަސަންޓް މިހާރު ވަނީ ނިންމާލައިފައެވެ.
މި މަޝްރޫއުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 56 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫއަކީ، 56.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު