ގޫގުލް ޑިވެލޮޕާސް ކޮންފަރެންސްގައި ގޫގުލް ޓްރާންސްލޭޓަށް ދިވެހި ބަސް އިތުރުކޮށްފިއެވެ.
ގޫގުލް ޑިވެލޮޕާސް ކޮންފަރެންސް ބާއްވާފައިވަނީ އިއްޔެއެވެ. އެ ކޮންފަރެންސްގައި ގޫގުލްއަށް ވަނީ 24 ބަހެއް އިތުރުކޮށްފައެވެ.
އިއްޔެ އިތުރު ކުރި މި 24 ބަހާއެކު ގޫގުލްގައި މިހާރު 133 ބަހެއް ޓްރާންސްލޭޓު ކުރެވޭނެއެވެ. ގޫގުލް އިން ބުނީ މިއީ 300 މިލިއަން މީހުން ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްތައް ކަމަށެވެ.
ގޫގުލް ޓްރާންސްލޭޓަށް ދިވެހި ބަހުގެ އިތުރުން އައްސާމީ، ބޮޖްޕޫރީ، ޑޮގްރީ، ކޮންކާނީ، މައިތިލީ، މެއިޓެއިލޮން، އަދި މިޒޯ ބަސް ވެސް ވަނީ އިތުރުވެފައެވެ.
ގޫގުލް ޓްރާންސްލޭޓަށް ދިވެހި ބަސް އިތުރުކުރުމުން ގިނަ ބަޔަކު އަންނަނީ އެކަން އުފަލާއެކު ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އަދި މިއީ ދިވެހި ބަހަށް ލިބުނު ތަރައްގީއެއް ކަމަށާއި ސްކޫލު ކުދިންނަށް މިކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.